ads
އިމްރާން މިރޭގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ/އެމްޑީޕީ)
ޖަލަށްލާނެ މީހުންގެ ލިސްޓު އިދިކޮޅުން ތައްޔާރުކޮށްފި: ހޯމް މިނިސްޓަރ އިމްރާން
އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ޖަލަށްލާނެ މީހުންގެ ލިސްޓު މިހާރުވެސް ތައްޔާރު ކުރަމުންދާ ކަަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެެވެ.
Advertisement

އެމްޑީޕީގެ ކެމްޕޭން ޖަގަހައިގައި މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ފުރަތަމަ މަސްތެރޭ ޖަލަށްލާނެ މީހުންނާއި ދެވަނަ މަސްތެރޭ ޖަލަށްލާންވީ މީހުންނާއި ދައުރު ނިމޭއިރު ޖަލަށްލާންވީ މީހުންގެ ލިސްޓު މިހާރު ވެސް ހަދާފައި އެބަހުރި ކަމަށެވެ.

"މިކަން ދަނީ މިހެންނޭ. މިއަށް ދޫކުރުން އެއީ އަޅުގަނޑު ހިތުން ބުއްދިވެރި އެއްވެސް އިންސާނަކު ކޮށްގެން ވާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ބައެއް އާއިލާތަކުގެ ތެރެއަށް ނުފޫޒުތައް ވައްދާ، އެންމެންގެ ވިސްނުން ހަރާބްކޮށް އާއިލާތައް ބައިބައިކޮށްގެން، އެ ތިބޭ ގޮތުގެ ސަބަބުން މިއަދު މުޅި ގައުމަށް އަރާފައިވާ ލޮޅުމާއި ލިބިފައިވާ އިހުސާސް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަށް މި ކުރާ މަސައްކަތުގައި ފަހަތަށް ޖެހިއްޖެ ނަމަ ގައުމަށް ލިބޭނެ ހިތި ނިކަމެތިކަން ރައްޔިތުންނަށް ހަނދާންކޮށްދޭންޖެހޭ ކަމަށާއި އޭރުން މި އިންތިހާބު އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ކާމިޔާބު ކުރެވޭ މަންޒަރު ފެންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިރު، އިންތިހާބު ކާމިޔާބުކުރެއްވޭ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓެއް ލިބިވަޑައެއް ނުގަންނަވަ އެވެ. އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ވާދަކުރައްވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. 

މިމަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 101,494 ވޯޓު ހޯއްދެވިއިރު ރައީސަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.


21%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް