ads
ހުރެންދޫ ބެލެހެއްޓުން ކޮލަމާފުށި ކައުންސިލާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
ގއ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހުރެންދޫ ބެލެހެއްޓުން އެ އަތޮޅު ކޮލަމާފުށި ކައުންސިލާ ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ފަސްވަނަ މާއްދާ ކަމަށްވާ ފަޅުރަށްރަށް ދޫކުރުމުގެ (ނ) ގެ ތިނެއްގައި ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން ހުރެންދޫއަކީ މިހާރު އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ރަށަކަށް ނުވާތީ، ޕްލޭނިން މިނިސްޓްރީން އެ ރަށް ބެލެހެއްޓުން ކޮލަމާފުށި ކައުންސިލާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

ހުރެންދޫ ބެލެހެއްޓުން ކޮލަމާފުށި ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ރަށު ކައުންސިލް ނައިބު ރައީސް ޝަހާމަތް ހަނީފެވެ. މި އެއްބަސްވުމުގެ ދަށުން ހުރެންދޫ ބެލެހެއްޓުން ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް