ads
ޔާމީން ހައިކޯޓުގެ ޝަރީއަތުގައި
ނަޝީދުއާ ބައްދަލު ކުރައްވަން ޔާމީން ދެކޮޅު ހައްދަވައިފި
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ނަޝީދުއާ ބައްދަލު ކުރެއްވުމަށް، ރައީސް ޔާމީން ދެކޮޅު ހައްދަވައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މާފުށީ ޖަލަށް ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތީ މިއަދުއެވެ. ރައީސް ޔާމީނާ ބައްދަލު ކުރައްވަން ނަޝީދު ރަސްމީކޮށް މިއަދު އެދިވަޑައިގެންނެވިއިރު، ހަފްތާ ބަންދުގައި ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، ޔާމީނާ ބައްދަލު ކުރައްވާނެކަން ނަޝީދުވަނީ އިއުލާން ކުރައްވާފައެވެ.

ނަޝީދު އެދިވަޑައިގެންނެވި ބައްދަލުވުމާ ގުޅޭ ގޮތުން ކަރެކްޝަންސްއާ ހަވާލާދީ ރިޕޯޓްތައް ބުނަނީ، އެ ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށެވެ. އެހެންކަމުން ޔާމީނާ، ނަޝީދު ބައްދަލުވެވަޑައިގެން މަޝްވަރާ ކުރެވިފައެއް ނުވެއެވެ.

މަޖިލިސް އިދާރާ މެދުވެރިކޮށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ބައްދަލުވުމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ނަޝީދާ ބައްދަލު ކުރައްވަން ޔާމީންވަނީ އިންކާރު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަން މިހާރުވާނީ މަޖިލީހަށް އަންގާފައި ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލު ކުރަން އިންތިޒާމުތައް ހަމަޖައްސާދޭން މަޖިލީހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ޔާމީނާ ބައްދަލު ކުރައްވައި، މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް އަހަން ރައީސް ޔާމީންގެ ހިޔާލު ހުރި ގޮތެއް ބެއްލެވުމަށެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް