ads
ޗެލްސީ އާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން
ލަނޑެއް ނުޖެހި މި ސީޒަންގެ ފުރަތަމަ މެޗު ނިމިއްޖެ
މި ސީޒަންގެ ޕްރިމިއާ ލީގުގައި ލަނޑެއް ނުޖެހި ފުރަތަމަ މެޗު ނިމިއްޖެއެވެ.

މުބާރާތުގައި ބޯންމައުތާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ބޯންމައުތުގެ ގޯލަށް ނުރައްކާވާ ގޮތަށް ޗެލްސީއަށް އުފެއްދުނީ އެންމެ ހަމަލާއެކެވެ. ދެވަނަ ހާފުގައި ރަހީމް ސްޓާލިން ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ބޯންމައުތު ގޯލުގެ ހުރަސް ދަނޑިއާއެވެ. 

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީއިންނެވެ. މި ސީޒަންގައި ޗެލްސީ މިހާތަނަށް 5 މެޗެއް ކުޅެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. ބޯންމައުތު ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް މޮޅެއް ނުލިބެއެވެ. ދެ މެޗުން ބަލިވިއިރު، ތިން މެޗުން އެއްވަރުވީއެވެ. 

މުބާރާތުގެ މިހާތަނަށް އައިއިރު ބޯންމައުތު އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ 15 ވަނާގައެވެ. ފަސް ޕޮއިންޓު ހޯދައިގެން ޗެލްސީ އޮތީ 14 ވަނާގައެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މެންޗެސްޓާ ސިޓީ އޮތީ ތާވަލުގެ އެއްވަނާގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް