ads
ފާރިސް---
ފާރިސްގެ ހުށަހެޅުމަށް ޖަވާބުދޭން އިތުރު ވަގުތަށް އެމްޑީޕީއާއި ޕީޕީއެމުން ވެސް އެދިއްޖެ
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ ޝަރުތުތަކަށް ޖަވާބުދޭން އިތުރު ވަގުތު ބޭނުންވާ ކަމަށް އެމްޑީޕީއާއި އިދިކޮޅުން ވެސް ބުނެފިއެވެ.

ފާރިސް މިރޭ އެކްސްގައި ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމުން ވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް އަންގާފައިވާތީ ކޯލިޝަން ހެދުމާއި މެދު ގޮތެއް ނިންމުން މިވަގުތު ފަސްކޮށްފައިވާ ކަމަށެވެ. 

ފާރިސްވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި 2979 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 1.35 އިންސައްތައެވެ. 

ކޯލިޝަން ހެދުމަށް ފާރިސް ހުސަހަޅުއްވާފައިވަނީ މައިގަނޑު 11 ޝަރުތެކެވެ. އޭގެތެރޭގައި ހިމެނެނީ 

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި، އެއްވެސް ގައުމެއްގެ ސިފައިން ތިބި ނަމަ އެކަމެއް ހާމަ ކުރުމާއި، އުތުރުތިލަފަޅާއި، އައްޑޫ އަދި ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުމާއި، ޕޮލިސް އެކަޑެމީގެ އެއްބަސްވުން މަޖިލީހަށް ހާމަ ކުރުމާއި، ޗާގޯސް މައްސަލާގައި ސްޓޭންޑު ބަދަލުކޮށް، އިޓްލޮސްގެ ނިންމުން މުރާޖައާ ކުރުމާއި، ރިޔާސީ ނިޒާމު ނޫން ނިޒާމަކަށް ތާއީދު ނުކުރުމާއި، ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލާ، ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމާއި، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް، މުސާރަ ކުޑަކޮށް، މެންބަރުން ވަކި ކުރެވޭ ގޮތަށް ހެދުން ހިމެނެއެވެ. 

އޭގެއިތުރުން މަޖިލީހުގައި އަންހެން މެންބަރުން ހާއްސަ ކޯޓައެއް ހަމަޖެއްސުމާއި، ޖޭއެސްސީ އިސްލާހު ކުރުމާއި، ޖިނާއީ އަދުލުގެ ނިޒާމު ސިޔާސީ ނުފޫޒުން އެއްފަރާތް ކުރުމާއި، ސިވިލް ސާވިސް އޮނިގަނޑު އިސްލާހު ކުރުމާއި، ސިޔާސީ މަގާމުތައް މަދު ކުރުމާއި، ރިޔާސީ އިންތިހާބަށް ހަމަހަށް ވުމުން މަޝްރޫއުތައް ނުފެށޭ ގޮތަށް ބަދަލު ކުރުމާއި، ސަލާމަތީ ހިދުމަތްތައް ސިޔާސީ ނުފޫޒުން އެއްފަރާތް ކުރުމާއި، ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ބަލައި އާއިލާތަކަށް 100 ދުވަހުގެ ތެރޭގައި އިންސާފު ހޯދާ ދިނުން ހިމެނެއެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް