ads
ހަސަން ލަތީފް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ޕީއެސްއެމް
އިންތިހާބުގެ ދެވަބުނަރަށް ޑިމޮކްރެޓުންގެ ނިންމުން މިރޭ ހާމަކުރަނީ
ސެޓްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރޭޓްސްގެ ފަރާތުން އަމަލުކުރާނެ ގޮތެއް މިރޭ އާއްމުކުރާނެ ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.
Advertisement

ޑިމޮކްރެޓްސްގެ ފަރާތުން އެޕާޓީގެ އިންޓަރިމް ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީއިން ނިންމާގޮތެއް މިރޭ 21:00 ގައި ބާއްވާ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްގެ ފަރާތުން ވަނީ 8 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ނަގާފައެވެ. އަދި އިދިކޮޅު ޕީއެންސީ އާއި އެމްޑީޕީ އާއި އެކުވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައިއެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ އެއްމެ ބޮޑު ޝަރުތަކީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓަކަށް ދިއުމުގެ ކުރިން ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމަށް އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ، ޕީއެންސީ އަށް ހުށަހެޅި ހުށަހެޅުމަށް، އެޕާޓީއިން އަނގަބަހުން އެއްބަސްވިޔަސް، އެގްރީމެންޓްއެއްގައި ސޮއިކުރުމަށް އިންކާރުކޮށްފައިވާ ކަމަށާއި، އެހެންކަމަށް ވުމާއެކު، ޕީއެންސީ އާއި އެކު ކޯލިޝަން އެއް ހެދުމަކީ ނާދިރު ކަމެއް ކަމަށް މީގެ ކުރިން ބުނެފައެވެ.

މީގެ އިތުރުން މި ހުށަހެޅުން އެމްޑީޕީއަށް ވެސް ހުށަހަޅާފައިވާ ކަމަށާއި، އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ޖަވާބެއް އެރުވުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި، ޑިމޮކްރެޓްސްގެ ސިޔާސީ މުސްތަގްބަލައްޓަކައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އަމަލުކުރާނެ ގޮތެއް ނުނިންމާ މާ ގިނަދުވަހު އެ ޕާޓީއަށް ނުތިބެވޭނެކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައިއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ބައްދަލުވުމާއި ބެހޭގޮތުން ކޮމެންޓެއް ހޯދާލުމަށާއި އަދި މިހާތަނަށް އެމްޑީޕީގެ ފަރާތުން އެޕާޓީގެ ހުށަހެޅުމަށް ރަސްމީ ޖަވާބެއް ލިބެއްޖެތޯ އެހުމަށް، ސީއެންއެމްގެ ފަރާތުން އެ ޕާޓީގެ އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފަށް ގުޅުއްވުމުން ހަބަރު ޝާއިއު ކުރުމާއި ހަމައަށް ފޯން ނުނަންގަވާތީވެ، އަދި މެސެޖަށް ޖަވާބު ނުދެއްވާތީވެ، ރަސްމީކޮށް އެޕާޓީގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް