ads
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: ރިލްވާން މޫސާ
މެޑަމް ފަޒުނާ އަށް ފުރައްސާރަ ކުރި މައްސަލަ ކުއްވެރިކުރަން: ޕީޕީއެމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދަށް ހުރަސް އަޅަން ބަޔަކު ކުރި މަސައްކަތް އިދިކޮޅު ޕީޕީއެމްގެ ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
Advertisement

މިއަދު ޕީޕީއެމް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ އިއްޔެ ފަޒްނާގެ ކެމްޕެއިނަށް ހުރަސް އެޅުން އެއީ ޕީޕީއެމް އިން ކުރި ކަމެއް ނޫން ކަމުގަ އެވެ. 

ތޮލާލް ވިދާޅުވީ އެފަދަ ކަމެއް ޕީޕީއެމް އަދި އެ ޕާޓީއަށް ނިސްބަތްވާ ބަޔަކުވެސް ނުކުރައްވާނެ ކަމަށާއި، އެއީ އެއްވެ ތިބި ފަރާތްތަކުގެ ތެރެއިން "ކޮންމެވެސް ބަޔަކު" ކުރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަށް ޕީޕީއެމް އަދި އެ ކޯލިޝަނުން ވެސް ސަޕޯޓު ނުކުރައްވާ ކަމަށެވެ. 

"ފަޒުނާ އަށް އެއްޗިހިކީ ޕީޕީއެމް އަކުން ނޫން. އަދި މި ކޯލިޝަނަކުންވެސް ނޫން. އެއީ އެތަނަށް އެއްވި މީހުންގެ ތެރެއިން ބަޔަކު ކުރި ކަމެއް. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ތާއީދު ކުރާ ކަމެއް ނޫން އެއީކީ އެފަދަ ކަންކަން ކުރާކަށް." ތޮލާލް ވިދާޅުވި އެވެ.

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދެވުމުގެ ގޮތުން އިއްޔެ ބޭއްވި ހަރަކާތުގައި އެތަނުން ބަޔަކު ވަނީ މެޑަމް ފަޒްނާ އަށް ނިސްބަތްކޮށް ހުތުރު ބަސް ރައްދުކޮށް އަޑު އުފުލާފަ އެވެ. 

އިއްޔެ ހިނގި މި ކަންތައްތަކާއި ގުޅިގެން ފަޒްނާ ވިދާޅވެފައިވަނީ އެކަމަނާއާއި ދެކޮޅަށް އަޑު އުފުލާ ފުރައްސާރަކުރި ކުރުމުން ލިބިވަޑައިގެންނެވީ ހިތްވަރު ކަމަށެވެ. 

ފަޒްނާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން މީހަކު ހައްޔަރު ކުރާ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް ސީދާ އަދި މިހާތަނަށް ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މެޑަމް ފަޒްނާއާ ދިމާކުރުން ކުށްވެރިކޮށް އެކަމަށް ފާޑު ކިޔަމުންނެވެ. 

ފަޒްނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން އެކަމަނާއަށް ހުރަސް އަޅަން ބަޔަކު ކުރި މަސައްކަތް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ މިއަދު ކުށްވެރިކޮށްފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް