ads
ފަޒްނާ މިއަދު މާފަންނު މެދުގެ ބައެއް ގެތަކަށް ވަޑައިގެން ރައީސް އަށް ވޯޓު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަނީ
ރައީސަށް ތާއީދު ހޯއްދަވަން އަނބިކަނބަލުން ފަޒްނާ މިއަދު މާފަންނުގައި
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު މާފަންނު މެދު ދާއިރާގައި ދޮރުން ދޮރަށް ހިންގަވައިފި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި، ރައީސް ސޯލިހާ އެކު ފަޒްނާ އަމަލީ ގޮތުން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެހެން ބައެއް ކެންޑިޑޭޓުންގެ އަނބިކަނބަލުން ވަރަށް ފޯރީގައި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރަށްރަށަށް ދަތުރު ކުރެއްވި ނަމަވެސް، އެފަދަ ހަރަކާތްތަކުން ފަޒްނާ ފެނިވަޑައެއްނުގަންނަވަ އެވެ.

ނަމަވެސް ފުރަތަމަ ބުރުން، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު، ރައީސްގެ އެންމެ ގާތުގައި މިހާރު ހުންނެވީ އަނބިކަނބަލުން ފަޒްނާ އެވެ.

އެގޮތުން ކެމްޕޭނު ހަރަކާތުގެ ތެރެއިން ފަޒްނާ މިފަހުން ވަނީ، މާފަންނު ހުޅަނގުގެ ބައެއް ގެތަކަށް ވަޑައިގަންނަވައި، މީހުންނާ ބައްދަލު ކުރައްވައިފަ އެވެ.އަދި އިންތިހާބުގެ ދެ ވަނަ ބުރަށް ކެމްޕޭން ހަރަކާތްތައް ފެށުމަށް، މިފަހުން ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމަށް ވެސް ފަސްޓްލޭޑީ ވަޑައިގެންނެވި އެވެ.

your imageފަޒްނާ މިއަދު މާފަންނު މެދުގެ ބައެއް ގެތަކަށް ވަޑައިގެން ރައީސް އަށް ވޯޓު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަނީ

އަދި އިއްޔެ ވަނީ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންފައެވެ. ފަޒްނާ ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެތަނުގައި ބަޔަކު ވަނީ އެކަމަނާއާ ދިމާލަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށްފަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވީ، އެފަދަ ކަންކަމުން ލިބެނީ ހިތްވަރު ކަމަށާއި ކެމްޕެއިނަށް ވެސް ކުރީ ފައިދާ ކަމަށެވެ.

މިއަދު ހަވީރު މެޑަމް ފަޒުނާ ގެންދަވަނީ މާފަންނު މެދު ދާއިރާގައި ދޮރުން ދޮރަށް ހިންގަވަމުން ނެވެ. ރައީސަށް ތާއީދު ހޯއްދެވުމަށް ދޮރުން ދޮރަށް ހިންގެވި ފުރަތަމަ ދުވަހު ފަޒްނާ ވަނީ ތަޖުރިބާ ހިއްސާކުރައްވައިފަ އެވެ. އެ ދުވަހު ފަސް ވޯޓު ޔަގީން ކުރެއްވި ކަމަށް ވިދާޅުވެ، ފަޒްނާ ވަނީ ޒުވާބުކުރުމުގައި ވަގުތު ބޭކާރުނުކޮށް، އެންމެން ވެސް ވޯޓު ހޯދަން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. 

your imageފަޒްނާ މިއަދު މާފަންނު މެދުގެ ބައެއް ގެތަކަށް ވަޑައިގެން ރައީސް އަށް ވޯޓު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަނީ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް