ads
ރައީސް ސޯލިހް
ކައުންސިލް މިނިސްޓްރީ އަކީ ބިރުވެރި ވާހަކައެއް: ރައީސް
ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަތަކަކީ ބިރުވެރި ވާހަކައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ހެންވޭރުގެ ގޭގެއަށް ދޮރުން ދޮރަށް ފެއްޓެވުމަށްފަހު، މީޑިއާތަކާ ވާހަކަދައްކަވަމުން، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ އެ(މުއިއްޒު) ދައްކަވަނީ ވަރަށް ބިރުވެރި ވާހަކައެއް ކަމަށާއި އަނެއްކާވެސް އިދިކޮޅުން އުޅުއްވަނީ ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތެއް ކުރަން ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ހަދަމުންދިޔަ ގޮތް އެންމެންނަށް ފެންނާނެ ކަމަށާއި އެގޮތުން ކައުސިލްތައް ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނެގީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް ވަރަށް ވަރަށް ބިރުވެރި ވާހަކައެއް އެ ދައްކަވަނީ. އަނެއްކާ ވެސް ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތެއް އެ ކުރަައްވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަނެއްކާވެސް ފެންނަނީ އިދިކޮޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން ކަމަށާއި އެއީ ބިރުވެރިކަމެއް ކަމަށެވެ.

"އެއަށް ފުރުސަތު ލިބިއްޖިއްޔާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެން ދާނީ ދާނީ އެތައް އަހަރެއް ފަހަތަށް،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ހދ. ފިނޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވަނީ ސަރުކާރު ގްރާންޓުން ކައުންސިލްތަކަށް ނުވާ ކަމަށާއި، އިތުރު އެހީތައް ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް ޤާއިމް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރުން ވަރަށް ރަނގަޅަށް ކައުންސިލްތައް ބާރުވެރިކުރެވި މަސައްކަތް ކުރާތަން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

"ސީދާ ސަރުކާރުގެ ހާއްސަ މިނިސްޓްރީއެއް އެ ކަމަށްޓަކައި ކަނޑައަޅާ ވާހަކަ. އޭރުން ހުންނާނެ ފުލް ޓައިމް މިނިސްޓަރެއް. އެލްޖީއޭގެ ރައީސަކަށް ހުންނާނީ އެ ބޭފުޅާ. ހުންނައިރު އެ ބޭފުޅާ ނުކުރާނެ އެހެން ކަމެއް. މިހާރު ވެއްޖެއްޔާ އެ ބޭފުޅާ ކުރަން ޖެހޭ ހޯމް މިނިސްޓްރީގައި ހުންނަ ހުރިހާ ކަމެއް ވެސް."

އެލްޖީއޭ އަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ނުވަތަ އެހީތެރިއެއްގެ ގޮތުގައި އޮތް ނަމަވެސް، މުއިއްޒު ވިދާޅުވީ އެލްޖީއޭ ވެސް ހަގީގަތުގައި ބާރުވެރި ނޫން ކަމަށެވެ. 

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް