ads
ކުރެންދޫގެ ގެއެއްގައި ފެންބޮޑުވެފައި - ފޮޓޯ: އެންޑީއެމްއޭ
ބޯކޮށް ވާރޭ ވެހި ކުރެންދޫގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މެދު ރާއްޖެތެރެއަށް ރެއިން ފެށިގެން ކުރަމުންދާ ބޯ ވިއްސާރައިގައި ޅ. ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ގިނަ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައި ވާއިރު، ބައެއް ގެތަކަށް ފެން ވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ކުރެންދޫގައި ފެން ހިންދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްގެ އެހީތެރި ކަމާއެކު ދަނީ ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން ދަނީ ކުރަމުންނެވެ.

your imageއެމްއެންޑީއެފުން ކުރެންދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. 

މެޓް އޮފީހުން ވަނީ މެންދުރު 12:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 101.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް