ads
ދިއްދޫ ފަރަށް އަރާފައިވާ މުއްތާ ޕްރިންސެސް ނަމަކަށް ކިއުނު ޓަގް ބޯޓު. ފޮޓ
ދިއްދޫ ފަރަށް އެރި ބޯޓަށް 100 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
2023 ވަނަ އަހަރުގެ މެއި މަހުގެ 02 ވަނަދުވަހު، ހއ. ދިއްދޫ ފަރަށް އެރި "ޓީ.ބީ މުއްތާ" ނަމަކަށް ކިޔުނު ބޯޓާއި، "މުއްތާ ޕްރައިޑް" ނަމަކަށް ކިއުނު ބާޖް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި ކަމަށް އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
Advertisement

މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މި އުޅަނދުތައް ފަރަށް އެރުމާއ ގުޅ ގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރ 4/93، ދިވެހިރާއްޖޭގެ ތިމާވެށ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 100 މިލިއަން ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ އެޗްއާރުއެެސް އިންފްރާޓެކް ޕވޓ ލޓޑ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

އަދި މިޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް، އެކުންފުންޏަށް 19 ސެޕްޓެމްބަރު ގައި އަންގާފައިވާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން، އެސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އިން މެއި މަހުގެ 12 ވަނަ ދުވަހު އެސަރަހައްދަށް ގޮސް، އެ އުޅަނދުތަކުގެ ވެރިފަރާތާއެކު ކުރި ސާވޭއިންނާއި ބެލިބެލުމުން، ހއ. ދިއްދޫ ފަރުގެ 4038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފާހަގަކުރެވިފައިވާކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.

އަދި މި ގެއްލުންތަކަށް ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ބެލިބެލުމުން ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 101,743,400.00 ރުފިޔާ ކަމަށާއި، އެހެންނަމަވެސް ގާނޫނު ނަމްބަރު 4/93ގެ ދަށުން ކުރެވޭ ޖޫރިމަނާގެ އެއްމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީވެ، އެ އުޅަނދުތަކުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރެވިފައިވާ ކަމަށްވެސް އީޕީއޭ އިން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކުން، ވަކިން ހާއްސަކޮށް ފަރުތަކަށް އުޅަނދުތަށް އަރައި ލިބޭ ގެއްލުންތަކުގެ މައްޗަަށް ބަލައި، ބޮޑެތި އަދަދު ތަކުން ޖޫރިމަނާތަކެއް ކޮށްފައިވީނަމަވެސް، އެފައިސާތައް ދައުލަތަށް ނުލިބޭ ކަމަށް މި ނޫހަށް ފާހަގަ ކުރެވޭތީވެ، މިކަމާއި ގުޅިގެން، ސީއެންއެމްގެ ފަރާތުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އީޕީއޭގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަދި ޖޫރިމަނާ ކުރެވިފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކަމާއިބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

"...އީޕީއޭ އަކުން ޖޫރިމަނާ ފައިސާ ހޯދުމަށް ފަހަތަކުން ނުދުވެވޭނެ. އެކަންކުރަން ދައުލަތުގެ އެހެން މުއައްސަސާތައް އުފައްދާފައިވޭ. އެތަންތަނުން އެމަސައްކަތް ކުރަމުންދާނެ. މިހާރުވެސް އެތަކެއް މައްސަލަތެއް ކޯޓު ތަކުގައިވެސް އެބަހިނގާ." ނައީމް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް