ads
ރައީސް ނަޝީދާއި ރައީސް ސޯލިހު---ފޮޓޯ:މަޖިލިސް
ދައުލަތް ހުއްޓުމަކަށް ގެންނަން ކުރާ މަސައްކަތް ހުއްޓާލާ: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހި ދައުލަތް ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމަށް އެދި ރައީސް ނަޝީދު ގޮވާލެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރައީސް ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައި ގައި އެވެ. މި ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަނުދީ މަޖިލިސް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެއްމެހައި ކަންކަން ކުރާނޭ ކަމުގައި ދަންނަވާކަމަށް ބަޔާންކޮށްފައިވެއެވެ.

މި ސިޓީގައި އިތުރަށް ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ހާޒިރީގައި ސޮއި ކުރެއްވިޔަސް، މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އެތެރެއަށް ވަދެވަޑައިނުގަންނަވައި، ތިއްބަވައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރެއްވުމަށް ދަތިކުރައްވައި، މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ފާހަގަ ކުރައްވާފައިވެއެވެ. 

"...އެގޮތަށް މަނިކުފާނުގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވަނީ މަނިކުފާނު ކަނޑައެޅިގެން އެކަމުގައި ބައިވެރިވެވަޑައިގެން ކަމުގައި އަޅުގަނޑު ދެކެން" ރައީސް ސޯލިހަށް، ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތަކަށް ވުމާއެކު، މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ކުޑަ ދަށުގައި މެމްބަރުން ތިއްބަވާ ކަން ރައީސް ނަޝީދު ފާހަގަކުރައްވާއިރު، އެމަނިކުފާނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، އެޖެންޑާ ނުކުރެވިގެން އުޅުނު ދުވަސްވަރު، މަޖިލީހުގެ އިދާރާއަށް ވަޑައިގެން، ހާޒިރީ ފޮތުގައި ސޮއި ކުރެއްވުމަށްފަހު، މަޖިލިސް ކުރާ ތަޅުމަށް ވަޑައިނުގެން، މަޖިލީހުގެ ގޮޓިތެރޭގައި ބަހައްޓާފައިވާ ކުޑަދަށުގައި އިންނެވިކަން ފާހަގަކުރައްވާ އެމްޑީޕީގެ މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަން ފާހަގަ ކުރެވެއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް