ads
މާޒިޔާގެ ކުޅުންތެރިން
އޭއެފްސީ ކަޕް: މާޒިޔާއަށް އުއްމީދީ ފެށުމެއް
އޭއެފްސީ ކަޕްގައި މި އަހަރުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަންކަން ބަޝަންދުރާ ކިންގްސް ބަލިކޮށް، ދިވެހި ޗެމްޕިއަން މާޒިޔާއިން އުއްމީދީ ފެށުމަކުން މުބާރާތް ފަށައިފިއެވެ.

ރަސްމީ ބޯޅަ ދަނޑުގައި މިއަދު މެންދުރު ފަހު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މިއީ ދިވެހި ޓީމެއް އަތުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން، ވޭތުވެދިޔަ ހަތަރު އަހަރު ހޯދި ބަޝުންދަރާ ބަލިވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗަށް ނުކުތްއިރު މާޒިޔާ އިން ވަނީ އެ ޓީމުގައި ހިމެނޭ ބިދޭސީ ހަ ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މިމެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނިޓްގައި ޖެހީ މާޒިޔާގެ ބިދޭސީ ފޯވާޑު ވޮޖިސްލާފް ބަލަބަނޮވިޗްއެވެ. މިއީ ބަޝުންދަރާ ހާފުގެ މެދެއްހާ ހިސާބުން ބަޝުންދަރާގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ ބޯމަތިން ގޮސް ގޯލަށް ވައްދާލި މޮޅު ލަނޑެކެވެ.

މާޒިޔާގެ ދެވަނަ ލަނޑަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހި ލަނޑެކެވެ. އޭރިއާ ރޮނގުކައިރިން ޗޯޓު އަށް ލިބުނު ބޯޅަ ވޮލީ އަކުން އެއް ފަހަރުން ގޯލަށް ފޮނުވާލިއިރު، އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މާޒިޔާގެ ތިންވަނަ ލަނޑު މެޗުގެ ފަހު ކޮޅުގައި ޖެހީ، ބަދަލު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އެވެ. ބަޝަންދުރާއަށް ސުން ކަނޑުވާލެވުނީ މެޗުގެ އިތުރު ވަގުތު ތެރޭގައި ޖެހި ލަނޑުންނެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ކުޅޭނީ އިންޑިޔާގެ އޮޑީއްސާއާ މޯހަން ބަގާންއެވެ.

64%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް