ads
ރައީސް ސޯލިހު މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރޭގައި---
އާ ހައުސިން ސްކީމެއް: މާލޭގައި 20 އަހަރުވީ މީހުންނަށް ފްލެޓާއި ގޯތި
މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނަށް ފްލެޓާއި ގޯތި ދިނުމަށް ނިންމާ އާ ހައުސިން މަޝްރޫއެއް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ.
Advertisement

ގަލޮޅު ކަންމަތީގައި އެމްޑީޕީން މިހާރު ބާއްވަމުން ގެންދާ ކެމްޕޭން އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަފުތަރުގައި ޖެހިފައި ތިބޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ގޯއްޗާއި ފުލެޓު ދިނުމަށް އިތުރު ހައުސިން މަޝްރޫއެއް އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. 

"އެކަމުގެ ސިޔާސަތުތައް މިދިޔަ ދެތިން ދުވަހަކު އަޅުގަނޑުމެން އެވަނީ ކަނޑައަޅާފައި. ދެން އޮތީ ފައިނަލްކޮށް އެކަން އިއުލާން ކުރުން. އިރާދަ ކުރެއްވިއްޔާ މާލޭގެ ރަށްވެހިންނަށް، މާލޭއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 40، 50 އަހަރުވީ ބައެއް މީހުން އެބަތިބި ކަމަށާއި އެފަދަ ބައެއް މީހުންނަކީ އެމީހުން އުފަން ރަށުގައި ދިރިނޫޅޭތީ ބޯހިޔާވަހިކަން ރަށުން ނުލިބޭނެ މީހުން ކަމަށެވެ. އަދި ސިޔާސަތުތައް ހުރި ގޮތުން އެފަދަ މީހުންނަށް މާލޭގައި ވެސް ބޯހިޔާވަހިކަން ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މިކިޔާ ދަފުތަރުގައި ޖެހިފައި 20 އަހަރަށްވުރެ ގިނަ ދުވަހު ތިބި މީހުންނާއި، އަދި މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް އިރާދަ ކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރޭގައި ފްލެޓާއި ގޯތި ދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ ކަސްޓަމްސްއާއި ގައުމީ ޔުނިވާސިޓީ އަދި ކަރެކްޝަނުގައި އުޅޭ މީހުންނަށް ފްލެޓު ދިނުމަކީ އެމަނިކުފާނު އެއްބަސްވެވަޑައިގެންފައިވާ ކަމެއް ކަމަށާއި އޭގެތެރެއިން ކަސްޓަމްސްގެ މީހުންނަށް ފްލެޓުތައް ދިނުމަށް މިއަދު ލިސްޓު ހަވާލުކޮށްފައިވާނެ ކަމަށެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ބިންވެރިޔާގެ ނަމުގައި މާލޭގެ ރަށްވެހިންނަށް ގޯތި ދީފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން 19،639 ފަރާތަކަށް ގޯތި ދިނުމަށްވަނީ ނިންމާފައެވެ. 

75%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް