
އާސްކު މުއިއްޒުގެ ނަމުގައި ސަންގު ޓީވީން މިރޭ ކުރިއަށް ގެންދިޔަ ޕްރޮގުރާމުގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މަހުގެ އަގު ސަރުކާރުން 25 ރުފިޔާއަށް އުފުލާފައިވަނީ އިންތިހާބުގެ ދެވަނަ ބުރާއި ދިމާކޮށް ސިޔާސީ މަންފާއެއް ހޯދުމަށްޓަކާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މަހަށް ހަމަ އަގު ހޯދާ ދިނުމަކީ މި ސަރުކާރުން ވަރަށް ކުރިއްސުރެ ދައްކަމުންދިޔަ ވާހަކައެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ކުއްލިއަކަށް މަހުގެ އަގު 25 ރުފިޔާއަށް ޖައްސާފައިވަނީ މަހުގެ އަގަށް ބަދަލު ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި 25 ރުފިޔާއަށް މަހުގެ އަގު ޖެއްސުމުން މަސް ގަންނަ ފަރާތްތަކުގެ ކަންބޮޑުވުން ވެސް އެބަހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މަހުގެ އަގު 25 ރުފިޔާއަށް ބޮޑު ކުރަން ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ނިންމަވާފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ ކުރިން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔައީ 17 ރުފިޔާއަށް ކިލޯއެއްގެ މަގުންނެވެ.