އިންޑިޔާގެ މޯހަން ބަގާން މިއަދު މޮޅުވީ އިންޑިޔާގެ އޮޑިއްޝާ އެފްސީއާ ވާދަކޮށް ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗު ކުޅުނީ އޮޑިއްޝާގެ ސްޓޭޑިއަމްގައެވެ.
މިރޭ ކުޅުނު މެޗުން މޮޅުވުމާއެކު މާޒިޔާ ހިމެނޭ ގްރޫޕުގެ އެއްވަނަ މަގާމަށް ފުރަތަމަ ދުވަހުގެ މެޗާއެކު މޯހަން ބަގާން މިވަނީ އެއްވަނަ އަށް އަރާފައެވެ. އެއީ ހަތަރު ލަނޑު ސުން ލަނޑުން މޮޅުވުމުންނެވެ. މި ގްރޫޕުގައި މާޒިޔާއާ ބަޝަންދުރާ މާލޭގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.
އޭއެފްސީ ކަޕުގައި މާޒިޔާ ހިމެނޭ ގްރޫޕުގެ ދެވަނަ މެޗުތަައް އޮންނާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައެވެ. އެ ދުވަހު މާޒިޔާ، ރަށުން ބޭރުގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭއިރު، ބަޝަންދުރާ ކިންގްސް އަމިއްލަ ދަނޑުގައި ކުޅޭނީ އޮޑިއްޝާއާ ދެކޮޅަށެވެ.