ads
މުއިއްޒު ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން---ފޮޓޯ:ޕީޕީއެމް
އެޑިއުކޭޝަން ސަލަފަށް ނުދޭނަން، ކެބިނެޓަށް ލާނީ ތައުލީމީ މީހުން: މުއިއްޒު
ވެރިކަން ލިބިއްޖެ ނަމަ ވަކި މިނިސްޓްރީއެއް ވަކި ޖަމިއްޔާއަކަށް ދޭން ނިންމާފައި ނުވާނެ ކަމަށާއި ކެބިނެޓަށް ލާނީ ތައުލީމީ ގާބިލު މީޙުން ކަމަށް ޕީއެންސީ/ޕީޕީއެމުގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާސްކު މުއިއްޒުގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކެބިނެޓުގައި ކޮންމެ ދާއިރާއެއް ވެސް ހާއްސަ ކުރައްވާނީ އެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ހިންގުންތެރި ހީވާގި މީހުންނަށް ކަމަށެވެ. 

ބައިވެރިޔަކު އެ ޕްރޮގުރާމުގައި މުއިއްޒާއި ސުވާލު ކުރިމަތިކޮށްފައިވަނީ ސަލަފު ޖަމިއްޔާއަަށް އެޑިއުކޭޝަން މިނިސްޓްރީން ދީފާނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ޖަވާބުގައި މުއިއްޒު ވިދާޅުވީ އެކަހަލަ އެއްވެސް ކަމެއް ކުރައްވަން ނޫޅުއްވާ ކަމަށެވެ. 

"ނޫން އެކަހަލަ އެއްވެސް ކަމެއް ކުރާކަށް ނޫން. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން މިހުށަހަޅާ ހުށަހެޅުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެބޭފުޅާގެ ކެބިނެޓެއްގައި ކޮންމެ ދާއިރާއެއްގައި ވެސް ތިބޭނީ އެ ދާއިރާއަކުން ކިޔަވައިގެން ތަޖުރިބާ ހޯއްދަވައިގެން ތިބި މީހުން ކަމަށެވެ. 

"އަޅުގަނޑު ބޭނުން ރައްޔިތުންނަށް ހަގީގީ މާނާގައި ކުރިއެރުން ގެނެސްދޭން. ހަގީގީ މާނާގައި ކަންކަން ރަނގަޅު ވެގެންދާން. މީނިންގފުލް ޗޭންޖަސް އަންނަން. މީނިންފުލް ޑިވެލޮޕްމެންޓު އަންނަން. އެކަންކަމެއް ނުކުރެވޭނެ ހަމަ މީ ވަކި މީހަކު ބުނާ މީހަކު ލައިގެން. ވަކި ޕާޓީއަކުން ބުނީމަ ލައިގެން ނޫންނަމަ ވަކި މީހެއްގެ ރެކޮމެންޑޭޝަނެއް އައިސްގެން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ނެރެދޭން ބޭނުންވާ ކަމަށާއި އެކަން ކުރެވޭ ވަރުގެ މީހުން ކެބިނެޓަށް ގެންނަން އިސްކަން ދެއްވާނެ ކަމަށެވެ. އަދި ކެބިނެޓުގައި ތިބޭނީ އެބަޔަކަށް މުއިއްޒުގެ ފުރިހަމަ އިތުބާރު އޮންނަ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ބައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް