ads
މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)
ރަށްރަށުގައި ތިބި ޑިމޮކްރެޓުން މަޑު މަޑުން އެނބުރި އެމްޑީޕީއާ އަލުން އެބަ ގުޅޭ
ރަށްރަށުގައި ތިބި ޑިމޮކްރެޓުން މަޑު މަޑުން އެނބުރި އެމްޑީޕީއާ އަލުން ގުޅެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ރޭ ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ގަލޮޅުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ އެމްޑީޕީގައި ވަރަށް އެކުވެރިކޮށް އުޅުނު ގިނަ މީހުންތަކެއް މާޔޫސްކަމާއި އުނދަގޫ ހާލަތެއްގައި ތަންކޮޅެއް ދުރަށް ޖެހިގެން އެބައުޅޭ ކަމަށާއި މާޒީގައި ކަންތައް ވެގެންދިޔަ ގޮތާ މެދު ޑިމޮކްރެޓްސްގެ ބޭފުޅުން ވިސްނަން ޖެހޭ ކަމަށެވެ. 

ދޮން ބިލެތް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހީލަތްތެރި ރޭވުމުގެ ދަށުން ޕާޓީގެ ތެރޭގައި ޖެހުނު މައްސަލައިގެ "އެޑްވާންޓޭޖް" ނަގައިގެން ޕީޕީއެމުން މަސައްކަތް ކުރަނީ ދެ ވަނަ ބުރުގައި ޑިމޮކްރެޓުންގެ ވޯޓު މުއިއްޒަށް ދިނުމަށް ކަމަށެވެ.

"މިއަދު މި ތަނުގައި އަޅުގަނޑުގެ އަންހެނުން ވެސް އެ ހުރީ އައިސް. އެއީ ކުރިން ޑިމޮކްރެޓްސްގެ ބޭފުޅެއް... ރަސްރަށުގައި ތިބި ޑިމޮކްރެޓްސްގެ މީހުންނާ އަޅުގަނޑާ ވެސް އެބަ ދިމާވޭ. މަޑުމަޑުން އެބަ ބަދަލުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އަންނަ ހަފްތާ %99 ޑިމޮކްރެޓްސްގެ ބޭފުޅުން އަޅުގަނޑުމެންނާ އެކު އަންނާނެ."

އޭނާ ވިދާޅުވީ ރަށްރަށުގައި ތިބި ޑިމޮކްރެޓުން މަޑު މަޑުން އެނބުރި އެމްޑީޕީއާ އަލުން ގުޅެމުންދާ ކަމަށެވެ.

"އެއީ ގުއިރޯނުގައި ޖެހުމަކީ. އެކަން އެއްވެސް ގޮތަށް ކުރާކަށް ނުވާނެ. އެއީ ބުއްދިވެރިކަމެއް ނޫން،" ނަޝީދާ އެކު ކުރިން ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އަދި އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ ހަލީމް ވިދާޅުވި އެވެ. 

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް ފާޑު ކިޔުއްވައި ދޮންބިލެތް އިތުރަށް ވިދާޅުވީ މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ރައްޔިތުންނަށް ކަމެއް ކޮށްދޭ ވާހަކަ ނެތް ކަމަށެވެ. އަދި މުއިއްޒު ވަޑައިގެން ހުންނެވީ އެއްވެސް ޕްލޭނެއް ނެތް ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް