ads
ނައިބު ރައީސް ފައިސަލް
މުޖުތަމަޢުގެ ކުރިއެރުމަށް ލިޔުންތެރިންގެ ދައުރު މުހިންމު: ނައިބު ރައީސް
މުޖުތަމައެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން ނެރުއްވާ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
Advertisement

އެމް.އެން.ޔޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ލިޔުންތެރިކަމަކީ އެބައެއްގެ އިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާއިން ފުރުޞަތު ފަހިކޮށްދެއްވުމަށް ގައުމީ ޔުނިވަރސިޓީން "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ފެއްޓެވިކަމަށްޓަކައި އެމަނިކުފާނު ވަނީ ގައުމީ ޔުނިވަރސިޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެބައެއްގެ މާދަރީބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

"އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަންޖެހޭކަމެއް އެއީ ވާހަކަ ދައްކަވާއިރު ބަހުގެ ހަމަތަކާ އުސޫލުތައް ހިފެހެއްޓުން، އެހެން ނޫނީ ދިވެހިބަސް އޭގެ އެންމެ ފުންމާނައިގައި ބޭނުމެއް ނުކުރެއްވޭނެ" ނައިބު ރައީސް ވިދާޅުވިއެވެ.

"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން މި އަހަރު 3 ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައެވެ. މި ފޮތްތައް ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ހުޅުވައިދެއްވައި މި މައުރަޒު ބައްލަވައިލައްވާފައެވެ. 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ކުރިއަށްދާނީ މި ސެޕްޓެމްބަރ މަހުގެ 20 ން 22 ށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.

މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެކެވެ. މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ވަނީ ބައިވެރިވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް