ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަރިހުގައި
ގާސިމް ދޫކޮށް އަލީ ވަހީދު ޖޭޕީން ވަކިވެއްޖެ
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އެ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިގެންފި އެވެ.
Advertisement

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު ވަނީ އެކަން އެމަނިކުފާނުގެ އެކްސް ގަައި ޕޯސްޓުވެސް ކޮށްފަ އެވެ. 

އަލީ ވަހީދުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޖޭޕީން ވަކިވި ކަމުގައިވި ނަމަވެސް ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށާއި، ގާސިމްގެ އަރިހުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތަކީ ވަރަށް އަގުހުރި ތަޖުރިބާއެއް ކަމަށެވެ. 

"މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަން،" އަލީ ވަހީދު ލިޔުއްވާފައިވެ އެވެ.

އަލީ ވަހީދު އިސްކޮށް ޖޭޕީގެ ކެމްޕެއިން އެޖެންޓު ކަމުގަެ މަގާމުގައި ހުންނަވައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް އަށް ކޮށްދެއްވި މަސައްކަތުން ލިބިފައި ވަނީ 5460 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރެއްވި އުމަރު ނަސީރަށް ވުރެވެސް ދަށްކޮށެވެ. 

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތަށް، އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ. އިނގިރޭސިވިލާތުގައި އޭނާ ހުންނަވަނިކޮށް ވިސާ އާނުކޮށް އެ ތަނުގައި އުޅުމުން އެ ގައުމުގެ ޖަލަށް ވެސް އޭނާ ލި އެވެ.

29%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް