ބީއެމްއެލުން ބުނީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިން މަހަކުން އެއްފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބޭއްވުމަށް 2021 ވަނަ އަހަރު އެ ބޭންކުން ވަނީ ނިންމާފައި ކަމަށެވެ.
މިއަދު ބޭއްވި ކޭމްޕްގައި 46 މުވައްޒަފަކު ލޭ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައި ކަމަށެވެ.
އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ބީއެމްއެލުން ބުނެއެވެ.