މިއަދު މެންދުރު ފަހު ދޭއް ޖަހާއިރު ޔާމީންގެ މައްސަލަ ކުރިއަށް ގެންދަން ހައިކޯޓުގައި އޮތީ ތާވަލުކޮށްފައެވެ.
މީގެ އިރުކޮޅެއް ކުރިން ހައިކޯޓުން ބުނީ ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި މިއަދު ބޭއްވުމަށް ކަނޑައަޅާފައިވާ އަޑު އެހުން ކެންސަލްވެފައިވާ ކަމަށެވެ. ހައިކޯޓުން ބުނީ މައްސަލަ ކެންސަލްވީ ޕީޖީން އެދިގެން ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ހައިކޯޓަކުން ނުދެއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ. ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.