ads
ޓްރީ ޓޮޕް ހޮސްޕިޓަލް: ކެންސަރު ސްކްރީނިން ކްލިނިކެއް އެ ހޮސްޕިޓަލުގައި ވަނީ ހުޅުވާފައި - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ކެންސަރު ސްކްރީނިން ކްލިނިކެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި
ކެންސަރު ސްކްރީނިން ކްލިނިކެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އިއްޔެ ހުޅުވި މި ކްލިނިކުގެ ބޭނުމަކީ ކެންސަރާ ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް އެންމެ އެކަށޭނަގޮތުގައި ދެނެގަނެ ބަލިމީހުންނަށް ފަރުވާދިނުން ކަމަށެވެ.

މި ކްލިނިކުން ތަޖުރިބާކާރުން ހިމެނޭ ޓީމަކާ ގުޅިގެން ބަލިމީހުންނަށް ކެންސަރު ބަލީގެ އެކިއެކި ބާވަތްތަކުން ރައްކާތެރިވުމަށާއި ކެންސަރު ބަލީގެ އަލާމާތްތައް ދެނެގަންނާނެ ގޮތް ކިޔައިދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް