ads
ރާއްޖެއަށް މީގެ ކުރިން އެތެރެކުރި މަސްތުވާތަކެތި---ފޮޓޯ:ކަސްޓަމްސް
ރާއްޖެ އެތެރެކުރަން އުޅުނު 490 ގުރާމް މަސްތުވާތަކެތި އަތުލައިގެންފި
ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 490 ގްރާމްގެ ކެނަބިސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
Advertisement

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް އެމެރިކާ އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިންކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

4 އޮގަސްޓް 2023 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. 

މަސްތުވާތަކެތި ޕޯސްޓު މެދުވެރިކޮށް އެތެރެކުރުމަށް މަސައްކަތްކުރާ މިންވަރު ވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް