ads
ޕީޖީ ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ——ފޮޓޯ: ސީއެންއެމް
ޕީޖީ އޮފީހުގެ އޮންލައިން ހިދުމަތް ދައުލަތު އިދާރާތަކުން ބޭނުން ކުރަން ފަށައިފި
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގާއިމްކުރި އޮންލައިން ޕޯޓަލް ބޭނުން ކުރަން ފަށައިފި އެވެ.

ޕީޖީ އޮފީހުން ދާދިފަހުން ގާއިމްކުރި އޮންލައިން ގަވަމެންޓް ސާވިސް ޕްލެޓްފޯމްގެ ދަށުން ދައުލަތުގެ އިދާރާތަކުން އެ އޮފީހަށް ފޮނުވާ ލިޔުންތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ. މިހާތަނަށް ކޯޓުތަކުން ޕީޖީ އޮފީހަށް ލިޔުންތައް ފޮނުވަނީ މީހުން ފޮނުވައިގެންނެވެ.

ޕީޖީ އޮފީހުން ބުނީ އެ ނިޒާމުގެ ތެރެއިން ފުރަތަމަ ފަހަރަށް އެ އޮފީހަށް ލިޔުންތައް ފޮނުވަން ފެށީ ޑްރަގް ކޯޓުން ކަމަށާއި އެ ބަދަލާއެކު ލިޔުންތައް ފޮނުވުމުގެ މަސައްކަތް އަވަސްވުމުގެ އިތުރުން ހަރަދު ކުޑަވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިގޮތަށް ލިޔުންތައް ފޮނުވުމަކީ ރައްކާތެރި، އިތުބާރު ހިފޭ ނިޒާމެއް ކަމަށްވެސް ބުނެ އެވެ. މިބަދަލާއެކު، ލިޔެކިޔުން ބަދަލުކުރުން ވަނީ ކުރިއަށްވުރެ މާބޮޑަށް އަވަސްވެ ހަރަދު ކުޑަވެފައި ކަމަށްވެސް ބުންޏެވެ.

"ކަރުދާހަށް ޕްރިންޓްކުރަން ނުޖެހޭތީ މިއީ ތިމާވެއްޓާވެސް ރަހްމަތްތެރި ގޮތެކެވެ،" ޕީޖީ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި އެ ފުރުސަތު ރާއްޖޭގެ ހުރިހާ ކޯޓަކަށް ވެސް އޮތީ ހުޅުވާލެވިފަ އެވެ. އެކަމަށް ބޭނުންވާ ލޮގިން މިހާރު ކޯޓުތަކަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ. 


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް