ads
ބީއެމްއެލްގެ އެހީގައި ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން - ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ އެހީގައި ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކު ތަރައްގީކޮށްފި
ގދ. ހޯޑެއްދޫ ސްޕޯޓްސްއިން ތަރައްގީކުރި އޮޅަމައްތާ އިކޯ ޕާކު އާންމުންނަށް ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ކޮންމެ އަހަރަކު އެ ސަރަހައްދަށް ދިމާވަމުންދާ އުދައެރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް މި ޕްރޮޖެކްޓްގެ އަޕްގްރޭޑް އަދި އެކްސްޓެންޝަން މަސައްކަތްތަކުގެ ދަށުން ވަނީ ފުރިހަމަކޮށް ނިންމާލާފައި ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އަތިރިމަތީގައި ގަސް އިންދައި ޕާކުގެ ވޯކްވޭ ސާފުކޮށް، ފަސް ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބެހެއްޓުމުގެ އިތުރުން ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ސަބަބުން އާއިލީ ގުޅުން ބަދަހި ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްވެ، އިކޯ ޓުއަރިޒަމްގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ޖަންގަލި އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ،" - ހޯޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް