
ޑރ. މުއިއްޒު ށ. ބިލެތްފަހީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
ވެރިކަމަކީ އިއްޒަތެއް ޝަރަފެއް ނޫން: ޑރ. މުއިއްޒު
ގުފްތަގް އަޖީރު
21 ސެޕްޓެމްބަރ 2023 - 20:00:29
ވެރިކަމަކީ ބޮޑު އިއްޒަތެއްގެ ގޮތުގަ ގަބޫލުނުކުރާ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނު ޖަލްސާއެއްގަ ރ. ހުޅުދުއްފާރުގަ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ އިއްޒަތާ ލައްޒަތާ ޝަރަފް ހޯދައިގެން ނޫނީ އެކަންކަން ހާސިލުނުވާނެ މަގާމެއް ކަމުގައެވެ.
"މި މަގާމުގަ އިއްޒަތެއް ޝަރަފެއް ނޯންނާނެ. އިއްޒަތާ ޝަރަފް ހޯދުން އެއީ ބޮޑު ޒިންމާއެއް ކަން ނޭގޭ ހާލަތުގަ. ވަރަށް ބޮޑު ޒިންމާއަކާ މި ހަވާލުވާނީ. އަޅުގަނޑު ގަބޫލުކުރަނީ މިއީ ވަރަށް ބޮޑު އަމާނާތެއް ގޮތުގަ. ވަރަށް ބޮޑު މަސްއޫލިއްޔަތެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ވެރިކަން ހޯއްދެވުމަށް ކުރިމަތިލެއްވީ އެއީ ވަރަށް ބޮޑު ޒިންމާއެއްކަން އެނގިލައްވައިގެންކަމަށެވެ.
"އެވަރުގަދަ ޒިންމާ އަމާނާތް އަމާނާތްތެރިކަމާއެކީ ތެދުވެރިކަމާއެކީގަ ރަައްޔިތުންނަށް ފޯރުކޮށްދީ ހާސިލްކޮށްދޭނެކަމުގެ ޔަގީންކަން އޮތީތީވެ އެކަން ރައްޔިތުންނަށް ކޮއްދިނުމަށްޓާ،"
ޑރ. މުއިއްޒުއަކު އަކީ އިދިއިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އެންޑޯޒް ކޮށްފައިވާ ކެނޑިޑޭޓެވެ. ދެވަނަ ބުރުގައި އޭނާ ވަނީ އަމިއްލަގޮތުން ވާދަކުރެއްވި ކާނަލް މުހައްމަދު ނަޒީމްއާ ގުޅިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގަ ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީން ދެ ވަނަ ބުރުގަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް