ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
އިންޑިއާއިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން އެދުނު ހަބަރަކީ ދޮގެއް: މިނިސްޓަރު
ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވަނީ ދޮގު ހަބަރެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިއަދު މި ހަބަރު ދޮގު ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަން ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުވުމުގައި އެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އިންޑިއާއިން ދަރަންޏަށް 3 ބިލިއަން ރުފިޔާ ނެގުމާ ގުޅޭ ގޮތުންކަމަށްބުނެ "ދިޔަރެސް ނޫހުގަ" ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. 

"ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް! އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިޔަށް ނުގެންދަން،" މިނިސްޓަރު އަމީރު -

މި ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކައިގެންކަމަށް ވެސް އެ ނޫހުގަ ވަނީ ބުނެފައެވެ.  އެގޮތުން 194 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން އެދިފައިވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ހަރަދުކުރުމަށް ކަމުގައި "ދިޔަރެސް" ނޫހުގަ ބުނެފައިވެެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް