
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު: ފޮޓޯ މަޖްލިސް
މަސައްކަތް ކުރައްވަނީ އެޗްއާރުސީއެމްގެ ބާރު ވެސް ކަނޑުވާލަން: ޖީހާން
ގުފްތަގް އަޖީރު
22 ސެޕްޓެމްބަރ 2023 - 09:20:13
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ބާރު ވެސް ކަނޑުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދަޅުވެއްޖެއެވެ.
ޖީހާން މިހެން ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނާ ކަށަވަރުކޮށްދޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރަން މުޅިން އާ މުއައްސަސާއެއް އުފައްދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު މުއިއްޒު ރ ހުޅުދުއްފާރުގަ ބޭއްވެވި ކެމްޕޭނު ޖަލްސާއެއްގަ ވިދާޅުވުމުންނެވެ.
ޖީހާން މިއަދު މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ، މުއިއްޒު މަސައްކަތް ކުރައްވަނީ އެޓޯލްސްސް މިނިސްޓްރީ ހަދައިގެން އެލްޖީއޭގެ ބާރުވެސް ކަނޑުވާލަން ކަމަށެވެ. އަދި ހައްގުތައް ކަށަވަރުކަން ވެސް މިނިސްޓްރީއެއް އުފެއްދެވުމުން އެޗްއާރުސީއެމްގެ ބާރު ވެސް ކެނޑޭނެކަމަށް ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރި ޖީހާން ވިދާޅުވިއެވެ.
"މިއީ ހަމަ އެޗްއާރްސީއެމްގެ ބާރު ކަނޑާލަން ކުރާކަމެއް. އަލުން އެޓޯލްސް މިނިސްޓްރީ ހަދައިގެން އެލް.ޖީ.އޭގެ ބާރު ކަނޑަން އުޅޭ ގޮތަށް ކުރާ ކަމެއް. މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވޭ!،" ޖީހާން މިއަދު ވިދާޅުވިއެވެ.
މުއިއްޒުވިދާޅުވީ އޭނާގެ ސަރުކާރެއްގަ ހިންގުމުގެ ނިޒާމުގެ ތެރޭގައި ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ ތަނެއް ހުންނާނެކަމަށެވެ.
"ސިވިލް ރައިޓްސް ޑިޕާޓްމަންޓް ބޭރު ބައެއް ގައުމުތަކުގައި ހުރޭ، އެ ފަދަ މުއައްސަސާއެއް، މީގައި މުހިންމީ ނަމެއް ނޫން، ކަންވުން" - ޑރ މުއިއްޒު-
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް