ads
ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ކޮވިޑާ ގުޅިގެން އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލައްވާނެ ކަމަށް - ފޮޓޯ:އެމްޑީޕީ
ކޮވިޑު ލޯނުތަކުގެ އިންޓަރެސްޓު ކަނޑާލައި، ދައްކަން ދިން މުއްދަތު އިތުރު ކުރަނީ
ކޮވިޑު-19 އާ ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ވިޔަފާރި އެހީ ލޯނުގެ އިންޓްރެސްޓް އެއްކޮށް ކަނޑާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
Advertisement

މިރޭ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހު ވިދާޅުވީ ކޮވިޑު-19 އާ ގުޅިގެން ވަރަށް ބޮޑެތި ދަތިތައް އާންމު ރައްޔިތުންނަށް ކުރިމަތިވި ކަމަށެވެ. އެކަމުން އަރައިގަތުމަށްޓަކައި އެސްޑީއެފްސީ މެދުވެރިކޮށް ބައެއް ލޯނު އާންމުންނަށް ދޫކުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައިވަނީ ޑޯޓުޑޯއަށް ހިނގިއިރު ބައެއް ފަރާތްތަކުން އެދުނު އެއް ކަމަކީ މިހާރު ދޫކޮށްފައިވާ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމާއި ލޯނުން ނަގާ އިންޓްރެސްޓް ކަނޑާލުން ކަމަށެވެ. މިއަދު އެކަމަށް ގޮތެއް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެެވެ.

"އެސްޑީއެފުން ނަގާފައި ހުރި ލޯނުގެ އިންޓްރެސްޓް ދެން ތިބޭފުޅުން ދައްކާކަށް ނުޖެހޭނެ. އަދި މިހާތަނަށް އިންޓްރެސްޓް ދައްކާފައި ތިބި މީހުނަށް އަނބުރާ އެ ފައިސާ އަޅުގަނޑުމެން ދޭނަން. އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު މިހާރު އޮތް 10 އަހަރު އިތުރަށް އަޅުގަނޑުމެން ދަންމާލާނަން،" - އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާއިރު، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ދަނީ ތާއީދު އިތުރުކުރުމަށް ކޮންމެ ދުވަހަކުވެސް ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން ރައީސް ސޯލިހު މާލޭ ސިޓީގައި ބާއްވަމުން އަންނަ ހަރަކާތްތަކުގައި ބައިވެެރިވެވަޑައިގެން ކެމްޕެއިން ކުރައްވަމުން އަންނައިރު، ވާދަވެެރި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް