"ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން"
27 ޑިސެމްބަރ 2019 - 23:14:51
މާލޭގެ ކުލީގެ މައްސަލަަ ހައްލުކުރުމަށް މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިއޮތް އޮތުން ކުޑަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވާއިރު، މާލޭގެ ގެދޮރުގެ ކުލި ކޮންޓްރޯލް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމާ، މިއަދު ވަނީ އެ ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައެވެ.
މާލޭގެ ކުލީގެ މައްސަލައިގައި ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ، ކުލީގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދަށްވާނޭ ގޮތް ހަދަންޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓްތައް އެހެން ސަރަހައްދަކަށް ގެންދިޔުން މުހިންމުކަން އަލީ ހުސައިން ފާހަގަކުރައްވާފައި ވެއެވެ.
"މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުަޑަކުރުމުން. މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން. މާލެއަށް ތޮއްޖެހުން އިތުުރުވާނެ ޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުމުން. މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރުމުން." އަލީ ހުސައިންގެ ޓްވީޓްގައި ވެއެވެ.
މާލޭގެ ކުލީގެ މައްސަލައަށް ހައްލު ހޯދުމަށް މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ނަމުގައި ވަނީ ޖަމިއްޔާއެއްވެސް އުފައްދާފައެވެ.
އެމްޓީޔޫ އިން ބުނީ އެ ޖަމިއްޔާގެ މަގުސަދަކީ ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުން ވޭނާއި ތުރާތައް ހިއްސާކުރަމުންދާތީ އެމީހުންގެ ކަންބޮޑުވުންތަކަށް ރަސްމީ ސިފައެއް ގެނެސްދިނުން ކަމަށެވެ.
އެމްޓީޔޫ އިން ބުނީ މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށްވެސް އެ ޖަމިއްޔާގައި ބައިވެރިވެ އެމީހުންގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް