ads
ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގެ ޖަލްސާއެއްގައި: ވިދާޅުވީ ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރައްވާ ކަމަށް - ފޮޓޯ:މަޖިލިސް
ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރެއް ނުކުރޭ: އަމީރު
ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ފަދަ މައުލޫމާތުތައް މި ސަރުކާރުން ސިއްރުކުރާ ކަމަށް ވާދަވެެރި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރާކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން އެ މައުލޫމާތު ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާ ކުރައްވާ ކަމަށާއި އެހެން މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށެވެ.

"ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރޭ. ގާނޫނުގަވާ ގޮތުގެ މަތިން މިހާރުވެސް، މަޖްލިހާއި، އެމްއެމްއޭ އާއި ހިއްސާކުރޭ. އެހެނިހެން މައުލޫމާތު އެހެރީ މިނިސްޓްރީ ވެބްސައިޓްގަ. ‏ތިއީ 2013-2018 އަށް މަޖްލިހަށް ދަރަންޏާއި، މާލީ ހާލަތާއި ބެހޭ ރިޕޯޓްތައް ފިނޭންސްއިން ފޮނުވީމަ އެފޮރުވައިގެން އުޅުނު ބަޔެއް ދަައްކަން ރަނގަޅު ވާހަކައެއް ނޫން. އަބަދު އޮޅުވާލުމާއި މަކަރު ހެދުން އެހާ ރަނގަޅު ކަމެއް ނޫން،" - ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި ފެންނަނީ ދަރަނި މައްޗަށް ދަރަނި ނަގަމުންދާ ތަން ކަމަށާއި ބޭރުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި އެ ލޯނު ދައްކަން ޖެހޭ މައުލޫމާތު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމުގައެވެ.

ލޯނުތަކާ ބެހޭ މައުލޫމާތު އެމްއެމްއޭގެ ގަވަރުނަރަށް އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒުގެ ވާހަކައިގައި ވަނީ ލޯނު ނެގުމަށްޓަކައި ރާއްޖޭގެ ބައެއް ސްކޫލްތައް ރަހުނުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް ލޯނު ނެގުމަށް ސްކޫލުތައް ރަހުނު ކުރާ ކަމަށް ވާދަވެރިން މީގެކުރިން ދެއްކި ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް