ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި ސްކޫޓަރު އާބަންކޯއިން ތައާރަފްކޮށްފިއެވެ.

Advertisement
ހުކުރު ދުވަހު ސްކޫޓަރުތައް ހުޅުމާލޭ ސެންޓްރަލް ޕާކަށް ތައާރަފްކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހުން ފަށައިގެން ސްކޫޓަރުތައް އާންމުންނަށް ހުޅުވާލާނެއެވެ.
"މިއީ ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކޮށް މީހުން ޝައުގުވެރި ކުރުވަނިވި ކަމެއް ކުރުމުގެ ބޭނުމުގަ ކުރިއަށް ގެންދިޔަ މަޝްރޫއެއް،" -އާބަންކޯގެ ސްމާޓްކޮމްގެ މެނޭޖަރ ސްމާޓް ސޮލިއުޝަން އަޙުމަދު ނައުފަލް ޢަބްދުލް ހާދީ-
ސްކޫޓަރު ދުއްވަން ލިބޭނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުންނެވެ. އެތަނުގައި ވަނީ ހަތަރު އީސްކޫޓަރު ބަހައްޓާފައެވެ.
"މިސްކޫޓަރތައް ދުއްވަން ބޭނުންނާ ކޮންމެ މީހަކަށް ދުއްވޭނެ. މި ސްކޫޓަރތައް ދުއްވަން ބޭނުންނަމަ އެންމެ ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން،" -އަޙުމަދު ނައުފަލް ޢަބްދުލް ހާދީ-
އެންމެ ފުރަތަމަ ހަތަރު ސްކޫޓަރު ތައާރަފް ކުރި ނަމަވެސް، ތަރުހީބު ލިބޭ މިންވަރަކުން ސްކޫޓަރު އިތުރުކުރާނެކަމް އާބަންކޯއިން ބުނެއެވެ.