އޭޝިއަން ގޭމްސް ކުރިއަށްދަނީ ޗައިނާގެ ހަންގްޖޯގައެވެ. މިއީ 19 ވަނަ އޭޝިއަން ގޭމްސްއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޗައިނާގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-12 އިންނެވެ.
ދެވަނަ މެޗުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ވާދަކުރީ ފިލިޕީންސްގެ ޕެއާއާއެވެ. މި މެޗުންވެސް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައްވެސް ދިޔައީ 21-11 އަދި 21-12 އިންނެވެ.
އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރުތައް ފެށިގެން ކުރިއަށްދާއިރު، ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ގޭމްސް ކުރިއަށްދާއިރު، މި ފަހަރު ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރާނެއެވެ.