އެޕާޓީން މިރޭ ބުނީ އަދީބުގެ ބޭސްފަރުވާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކާމިޔާބުކަމާއެކު ނިމިފައިވާކަމަށެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާގެ ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދާނެކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދީބުގެ ޑޮކްޓަރުންގެ ލަފާގެ މަތިން، އޮކްޓޯބަރު މަހު ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމުން، މެޑިކަލް ޕްރޮފެޝަނަލުންގެ ނިންމުންތަކަށް ސަރުކާރުން ވަނީ އިހުތިރާމުކުރާކަން ދައްކާފަކަމަށް ވެސް އެ ޕާޓީން ބުނެއެވެ.