ads
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ ވަޑައިގެންނެވުން --
ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
Advertisement

އަދީބު މިރޭ ރާއްޖެ ވަޑަައިގެންފައިވާކަން އޭނާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ވަނީ ބުނެފައެވެ. އެ ޕާޓީން ބުނީ ފަރުވާއަށް ސިންގަޕޫރުގައި ހުރުމަށް އިތުރު މުއްދަތު ދީފައިވަނިކޮށް އެނބުރި ވަޑައިގެންނެވީ ފުރަތަމަ ފިޔަވަހީގެ ފަރުވާ ނިމިފައިވާތީ ކަމަށެވެ. އަދި އަދީބަކީ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތްތަވާނެ ބޭފުޅެއް ކަމަށެވެ.

ޑޮކްޓަރުގެ ލަފާގެ މަތީން ފަރުވާފެ ފަހު މަރުހަލާ ކުރިއަށް އޮތް އޮކްޓޫބަރު މަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. 

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އަދި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ. އަދީބު ޖަލަށްލާން ހުކުމްކުރި ނަމަވެސް ސިއްހީ ސަބަބުތަކަކާ ހެދި އޭނާ ހުކުމް ތަންފީޒު ކުރައްވަނީ ގޭ ބަންދުގަ އެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އެ ހުށަހެޅުމަށް އަދި ގޮތެއް ނުނިންމަ އެވެ.

ވިހި އަހަރުގެ ޖަލު ހުކުމެއް އޮތަސް ސިއްހީ ހާލުކޮޅު ހުރި ގޮތުން އަދީބު، ޖަލު ހުކުމް ތަންފީޒު ކުރައްވަނީ ގޭގަ އެވެ.

އަދީބު ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން ޖެހުނީ 2015 ވަނަ އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު އެކަށިގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުލިބުމުން ކަމަށް އެ މަނިކުފާނުގެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް