ads
ކުރީގެ އިންޑިއަން ހައި ކޮމިޝަން
އިންޑިއާއާ ބެހޭ ގޮތުން ފޭކް ރިޕޯޓްތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް
"ފޭކް ރިޕޯޓް" ތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އިންޑިއާއާ ގުޅުވައި ފަތުރަމުންދާ ދޮގު ހަބަރުތަކާއި އުފައްދަމުންދާ ނަފުރަތުގެ މައްސަލަތައް ތަހުގީގު ކުރަން އިންޑިއާ ހައި ކޮމިޝަނުން ގޮވާލައިފި އެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި، ރާއްޖޭގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ މަގުސަދުގައި ދޮގު ރިޕޯޓްތައް ފަތުރަމުންދާކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

އެ ގައުމާ ގުޅުވައިގެން ދޮގު ހަބަރު ފަތުރަނީ ދެ ގައުމު ދޭތެރޭ އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ފޯރުވުމަށާއި އަދި އެއީ ރާއްޖޭގައި ބިރުވެރިކަން ފެތުރުމަށް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އިންޑިއާއިން ބުންޏެވެ.

އިންޑިއާއިން ގެންގުޅޭ "ނެއިބާހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ ކަމެއް ދީފައިވާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.

"ނޫސްވެރިކަމުގެ ނަމުގައި ހަގީގަތާ ހިލާފަށް ދޮގު ހަބަރު ފަތުރަމުންދާ މިފަދަ މައްސަލަތައް ބަލައިދިނުމަށް ވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" ފަތުރަމުންދާ ދޮގު ވާހަކަތަކަކީ ކޮބައި ކަމެއް ނުބުނެ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނެރުނު ބަޔާނެއްގައި ބުންޏެވެ.


ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގައި ސަރުކާރާއި އިންޑިއާއަށް އާންމުންގެ ބޮޑު ފާޑުކިޔުމެއް އޮވެއެވެ. ސިޔާސީ ވާދަވެރީން ވެސް ވަރަށް ބޮޑަށް ފާޑު ކިޔައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށް ވެސް ވިދާޅުވެފައެވެ. 

އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ސަރުކާރަށް އެނގިގެން ކަމަށާއި އެއީ ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަމަށް އޮންނަ ނުރައްކަލެއްގެ ގޮތުގައި އެފަރާތްތަކުން ސިފަކުރައްވައެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުގެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވައިފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް