ads
އީސީގެ ރައީސް ފުވާދު ތައުފީގު
ނިޒާމު ބަދަލުކުރާ ވޯޓު އޮކްޓޫބަރު 29 ގަ ނަގާނެ: ފުވާދު
ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރާ ވޯޓު އޮކްޓޯބަރު 29 ވަނަ ދުވަހު ނަގާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ސީއެންއެމްއިން ކުރި ސުވާލަކަށް މިއަދު ވިދާޅުވީ ގާނޫނު އޮންނަގޮތުން ނިޒާމު ބަދަލުކުރާ ވޯޓު  އޮކްޓޫބަރު 29 ވަނަ ދުވަހު ނަގަން ޖެހޭނެކަމަށެވެ. 

ނަމަވެސް ފުވާދު ވިދާޅުވީ ބަޖެޓުގެ ދަތިކަން އެބަހުރިކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާ ކުރައްވާނެކަމަށެވެ. 

"މި ވޯޓާމެދު އާންމުންވެސް ހޭލުތެރިވާން ތައްޔާރުވާން ތައްޔާރުވެސް ވާންޖެހޭ،" -ފުވާދު މިއަދު ވިދާޅުވިއެވެ. 

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް މެމްބަރުންގެ ތާއީދާއެކު، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަދުވަހު، ސީދާ ރައްޔިތުންގެ މަޖިލީހުން ނިޒާމީ ވޯޓަކަށް އަހަން އިލެކްޝަން ކޮމިޝަނަށް އަންގާގޮތަށް، ވެރިކަންކުރުމުގެ ނިޒާމް ބަދަލުކުރުމާއި ބެހޭގޮތުން ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ވަނީ މިމަހު 20 ވަނަ ދުވަހު ފާސްކޮށްފައެވެ. 

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. 

އެގޮތުން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީ އަށް އެންގުމަށް އިލްޔާސް ލަބީބު އިސްލާހު ހުށަހެޅުއްވިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ދިރާސާކުރަމުންދިޔަ އެގަރާރަށް އިލްޔާސް ލަބީބު ހުށަހެޅުއްވި އިސްލާހު ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ތާއީދާއެކު، 31 މެމްބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު މަޖިލީހުގެ ޖަލްސާ ފަށައި، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކު، 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

 ރއީސް ސޯލިހު ވަނީ ނިޒާމީ ވޯޓު ނެގޭނީ، މަޖިލީހުގެ ޖުމްލަ 87 މެންބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައިގެ ނުވަތަ 66 މެންބަރުންގެ ވޯޓާ އެކު ފާސްކުރުމަށް ފަހު ތަސްދީގުކުރުމަށް އެ މަނިކުފާނަށް ފޮނުވުމުން، އެ މަނިކުފާނު އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތުމުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. 

އިލްޔާސްގެ ގަރާރުގައިވާ ގޮތަށް، އަންނަ މަހުގެ 30ގެ ކުރިން އެ ވޯޓު ނެގުމަށް، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

40%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް