ސުޖާއު މިއަދު ވިދާޅުވީ ސިޔާސީ ގޮތުން ރަނގަޅު މުސްތަގުބަލެއް އޮތީ ދެ ޕާޓީއެކީގަ މަސައްކަތްކުރެވިގެންކަމަށެވެ.
ދަ ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީން ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލިއިރު އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާމެދު އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން އުފެއްދި ޕާޓީއެކެވެ.
އެމްޑީޕީން ވަކިވެ ވަޑައިގަތުމަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ސޯލިހަށް ވެސް އަދި އިކޮޅު ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށްވެސް ތާއީދު ނުކުރަން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ.