ads
ޑރ. މުއިއްޒުއަށް ނައިފަރުން ސަޕޯޓަރުން މަރުހަބާ ކިޔަނީ
ފަސް އަހަރަށް ބަހާލައިގެން މުސާރައަށް ހެޔޮބަދަލުތަކެއް ގެންނާނަން: މުއިއްޒު
ޕީޕީއެމް ޕީއެންސީ ކޯލިޝަންއަށް ވެރިކަމަށް އާދެވިއްޖެނަމަ ފަސް އަހަރު ދުވަހަށް ބަހާލައިގެން ހެޔޮބަދަލުތަކެއް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ގެނެސްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އާސްކް މުއިއްޒު" ޕްރޮގްރާމުގަ އާންމުނެގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، މުސާރަތައް ބޮޑުކުރަން ނިންމާފައިވަނީ އެއްފަހަރާ ނޫންކަމަށެވެ. އެގޮތުން ބަހާލައިގެން މުސާރަބޮޑުކަން ނިންމަވާފައިވާކަމަށެވެ. 

"އެކަން ކުރާނީ އެއްފަހަރާއެއްނޫން. 2024 ގަ 35 ޕަސަންޓް އޭގެ 2 އަހަރު ފަހުން 2026 ގަ 35 ޕަސެންޓް، ދެން 2028 ގަ ބާކީ 30 ޕަސެންޓް. އެހެންވީމަ 3 ފަހަރުގެ މަތިން އެކަން ކުރާނީ،" - ޑރ. މުއިއްޒު-

ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެކަމާށް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް އެ ޕްރޮގްރާމްގަ މުއިއްޒު ވިދާޅުވީ މިނިވަންމުއައްސަސާތަކާ ޝަރުއީ ދާއިރާވެސް ހިމަނޭހެން މުސާރަ ބޮޑުކުރައްވާނެކަމަށެވެ. 

"ޔުނީފޯމް ވަޒީފާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ އެހެން އޮފީސް ތަކާއި ހުރިހާ ފަރާތްތަކަށްވެސް ފަސް އަހަރަށް ބަހާލައިގެން އެކަށީގެންވާ ހެޔޮ ބަދަލެއް ގެންނާނަން،"

މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. އަދި މުސާރަތައް ބޮޑުކުރައްވާނީ އެ ބަދަލުތަކުގެ ނަތީޖާ ފެންނަން ފެށުމުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް