ads
ކަސްޓަމްސް މައި އޮފީސް ބިލްޑިންގް
2.2 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯ ގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
Advertisement

މިމަހުގެ 16 ވަނަ ދުވަހު ބަލައި ފާސްކުރި ޕާރްސަލް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވެ އެވެ. މިތަކެތި އިތުރަށް ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެ ޑްރަގް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އަދި އެނގިފައި ނުވެ އެވެ.

މަސްތުވާތަކެތި ޕޯސްޓު މެދުވެރިކޮށް އެތެރެކުރުމަށް މަސައްކަތްކުރާ މިންވަރު ވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް