ads
ދަ ޑިމޮކްރެޓްސްގެ މެންބަރު ހުސައިން އަމްރު: ޑިމޮކްރެޓްސްގެ ރައީސް ކަމަަށް ކުރިމަތި ލައްވަނީ
ޑިމޮކްރެޓްސްގެ ރައީސް ކަމަަށް އަމްރު ކުރިމަތި ލައްވަނީ
ދަ ޑިމޮކްރެޓްސްގެ ރައީސް ގެ މަގާމަށް ކުރިމަތި ލައްވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ އެތެރޭގެ ‏އިންތިހާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

"މިކަމުގަ އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވަން،" މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ނެރުނު ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓު އަމްރު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ އަށް ވަނަ ވަގުތީ ކައުންސިލު ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހަވީރު ބޮޑުފެންވަޅުގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަމްރު ވަނީ ރައީސް ނަޝީދުއަށް ތާޢީދު ކުރައްވާ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންފައެވެ. އަދި އަމްރު ނިސްބަތްވެ ވަޑައިގަންނަވާ ޑިމްކްރެޓްސް އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމައިފަ އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 15،800 ވޯޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް