ads
ޑިމޮކްރެޓްގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެންބަރު މަހު
ދަ ޑިމޮކްރެޓްސްގެ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ ޑިސެންބަރު މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ވަގުތީ ކައުންސިލުން ނިންމައިފިއެވެ.

ޑިމޮކްރެޓްސް އިން މިއަދު ވަނީ އަންނަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު އެތެރޭގެ ދާއިމީ މަގާމުތައް ހޮވުމަށް އިންތިހާބު ބޭއްވުމަށް ނިންމާފައެވެ. 

މިހާރު އޮތީ ވަގުތީ ކައުންސިލްއެކެވެ. އަދި ހުރިހާ މަގާމަކީ ވެސް ޕާޓީ އުފެއްދި ޖަލްސާގަ ހޮވާފައިވާ މަގާމުތަކެވެ.  

އެ ޕާޓީން މި ނިންމުން ނިންމުމާއެކު އެސްޓީއޯގެ ކުރީގެ އެމްޑީއަދި ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގަ އެ ޕާޓީން ވާދަކުރެއްވި ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބްގެ ރަރިން މޭޓު ހުސެން އަމްރު ވަނީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.   

"މިކަމުގަ އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވަން،" އަމްރު ވިދާޅުވި އެވެ.

އަމްރުގެ އިތުރުން އިތުރު ބައެއް މެންބަރުންވެސް އަންނަނީ އެކިއެކި ޕޯސްޓުތަކަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސްއަށް 15،00 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެ ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް