އުރީދޫން ކުރިޔަށް ގެންދާ މި އޮފާގެ ދަށުން ހަދިޔާ ކުރުމަށް ނިންމާފައިވަނީ އައިފޯން 15 ޕްރޯ މެކްސް ފޯނެކެވެ.
އުރީދޫ ކްލަބް ޕްރިމިއާ މެންބަރަކަށް ވާން އެދޭ ކަސްޓަމަރުން 1،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑު ޕޯސްޓްޕެއިޑް ޕްލޭނަކަށް އަޕްގްރޭޑްކުރުމުން ޕްރިމިއާ މެންބަރަކަށް ވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. ޕްލޭން އަޕްގްރޭޑް ކުރުމާ އެކު، އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ލިބޭ ހާއްސަ ފައިދާތައް އެ ކަސްޓަމަރަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ މި އޮފާ ކުރިއަށް ދާނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި އޮފާގައި ކްލަބް ޕްރިމިއާ މެންބަރަކަށް އަލަށްވާ ކަސްޓަމަރުންގެ އިތުރަށް މިހާރު ކްލަބް ޕްރިމިއާ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ކްލަބް ޕްރިމިއާ މެންބަރުންގެ ގޮތުގައި މިހާރު ތިބި ފަރާތްތަކަށް މި އޮފާގައި ބައިވެރިވެވޭނީ ޕްލޭން އަޕްގްރޭޑް ކޮށްގެން ކަމުގައެވެ.
އުރީދޫގެ ޕްލޭން އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަަމަރުންނަށް ore.do/upg ނުވަތަ ore.do/snupg މެދުވެރިކޮށް ޕްލޭން އަޕްގްރޭޑް ކުރެވޭނެއެވެ.