19 ވަނަ އޭޝިއަން ގޭމްސް ކުރިއަށްދަނީ ޗައިނާގައެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށް ތާވަލް ކުރެވުނު މި ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ރަސްމީކޮށް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ހަންގްޒޯ އޮލިމްޕިކް ސްޕޯޓްސް ސެންޓަރު ސްޓޭޑިއަމްގައި ރޭ ބާއްވާފައި ވާއިރު، 40 ކުޅިވަރެއް މި ގޭމްސްގައި ކުރިއަށް ގެންދާނެ އެވެ.
އޭޝިއަން ގޭމްސްގައި ނުވަ ކުޅިވަރެއްގައި ރާއްޖެ ތަމްސީލު ކުރާނެ އެވެ.
ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ ޝޫޓިން، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ، އެތުލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް (ޓީޓީ)، ސްވިމިން، ބީޗް ވޮލީބޯޅަ، ކްރިކެޓް އަދި އީ-ސްޕޯޓްސް އެވެ.