ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް އިމްރާން ޖަވާބު ދެއްވަނީ. -- ފައިލް ފޮޓޯ: މަޖިލިސް
އުތުރު ތިލަފަޅުން ގޯތި ދޫކުރުމުން އިދިކޮޅުން ހެދި ދޮގުތައް ހާމަވެއްޖެ: އިމްރާން
އިންޑިއާ ސިފައިން އުތުރު ތިލަފަޅުގަ ތިބިކަމަށް ބުނެ އިދިކޮޅުން ދައްކަމުން ގެންދާ ވާހަކަތަކުގެ ހަގީގަތް މިހާރު ރައްޔިތުންނަށަ ހާމަވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު މިހެން ވިދާޅުވީ އެ ފަޅުން މާލޭގަ 20 އަހަރު އުޅުނު ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމުމުންނެވެ. 

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ހެދިހާ ދޮގުތައް މިއަދު ގިނަ ދިވެހިންނަށް ސާފުވެއްޖެ” -ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން-

ސިފައިންގެ އަސްކަރީ ބަނދަރު ތަރައްގީ ކުރަމުން ގެންދާ އުތުރުތިލަފަޅު ހިއްކައި އެތަނުން ގޯތިދީ، ބުރިޖުން އެތަން ގުޅާލާނެ ކަމަށް ރައީސް ސޯލިހުވަނީ މި ދިޔަ ހަފްތާގަ އިއުލާނު ކުރައްވާފައެވެ. 

ސޯސަން ޖަގަހާގަ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަފުތަރުގައި ތިބޭތާ 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނަށް ގޯތިދޭނެ އެއް ފަޅަކީ އުތުރުތިލަފަޅު ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އުތުރުތިލަފަޅުގައި ދިވެހިން ދިރިއުޅޭނެ ކަމަށާއި، ބުރިޖުގެ މަސައްކަތް ނިމޭއިރު، އުތުރުތިލަފަޅު ވެސް ގުޅާލެވޭނެ ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް