
ރަޝްފޯޑް
ޔުނައިޓެޑުގެ ރަޝްފޯޑް ކާރު އެކްސިޑެންޓެއް ވެއްޖެ
ސްޕޯޓްސް ޓީމް
25 ސެޕްޓެމްބަރ 2023 - 16:25:38
މެންޗެސްޓަ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ކާރު އެކްސިޑެއްޓެއް ވެއްޖެއެވެ. އެހެންނަމަވެސް މި އެކްސިޑެންޓުގައި ރަޝްފޯޑަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝްފޯޑުގެ މި އެކްސިޑެންޓް ހިނގީ، ބާންލީއާ ދެކޮޅަށް ހޮނިހިރު ދުވަހު ޔުނަައިޓެޑު ކުޅުނު މެޗަށް ފަހުއެވެ. އެކްސިޑެންޓްވީ ރަޝްފޯޑް ގެންގުޅޭ ހުދު ކުލައިގެ ރޯލްސް ރޯޔިސް ކާރެވެ. އެއީ މެޗު ނިންމާފައި ޓީމު އެކުގައި ބަހުގައި ޔުނައިޓެޑުގެ ޓްރެއިނިންގ ގްރައުންޑަށް އައުމަށް ފަހު އެނބުރި ދިޔަ މަގުމަތީގައި ހިނގި ހާދިސާއެކެވެ،
މި ހާދިސާގައި ރަޝްފޯޑަކަށްވެސް އަދި އެކްސިޑެންޓްވީ އެހެން ވެހިކަލެއްގެ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ރަޝްފޯޑް ދުއްވަން އިން ކާރު ޖެހުނީ އަންހެނަކު ދުއްވަން އިން ކާރެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
36%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް