ads
އުތުރު ތިލަފަޅު ފޮޓޯ ދަ ވަޔާ:-
އުތުރުތިލަފަޅަށް އަރަން އުޅުނު މައްސަލަ ފުލުހަށް
ސިފައިންގެ ބަނދަރެއް ހަދަމުން އަންނަ އުތުރުތިލަފަޅަށް އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އަރަން އުޅުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ސިފައިން މިއަދު ބުނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. 

ގާތްގަނޑަކަށް ހަތަރު މީހުން ލޯންޗެއްގައި ގޮސް އެ ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވާފައި ވަނީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެކެވެ.

އެ ބަނދަރު ބަލަން ހުއްދަށް އެދިގެން އައި މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށާއި ހުއްދަ ނުހޯދައި އެތަނަށް އަރަން މަސައްކަތް ކުރުމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމެއްކަމަށް ސިފައިން ބުންޏެވެ. 

ދުނިޔޭގެ ގައުމުތަކުގައި މިފަދަ އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރެއެވެ. އެގޮތުން, މި މައްސަލަ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި އުޅުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

"އެމްއެންޑީއެފްގެ މަރުކަޒަކަށް އެމްއެންޑީއެފްގެ ހުއްދަ ނެތި ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލެއްކަމުގައި ދެކޭތީ މި ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅައިދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އިންޑިއާގެ އެހީގައި އުތުރުތިލަފަޅު ތަރައްގީ ކުރުމާ ދެކޮޅު ހަދައި އިދިކޮޅުން ތުހުމަތު ކުރަނީ އެ މަޝްރޫއަކީ އެތަނުގައި އިންޑިއާ ސިފައިން ތިބެވޭ ގޮތަށް ހަދާ އަސްކަރީ މަރުކަޒެއް ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މުޅި ރާއްޖޭގައި ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގެ ތެރެއިން އެކި ރަށްރަށަށް ގޮސް އިންޑިއާ ސިފައިން ބޭރު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލައެވެ.

އެ ތުހުމަތު ރައީސް ސޯލިހްގެ ސަރުކާރުން ތަކުރާރުކޮށް ދޮގުކުރެ އެވެ. އަދި ޑިފެންސް މިނިސްޓްރީން ވަނީ ސިފައިންގެ އަގު ވައްޓާލަން ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، މިފަދަ ވާހަކަތަކަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ ނަޒާހަތްތެރިކަން ގެއްލުވާލަން ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަނެތި ވަނުންމަނާ ތަންތަންކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުންވެސް ހުއްދަކުރެވިފައިވާކަން އެމްއެންޑީއެފުން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މިފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅުއަޅުއްވައިދެއްވުމަށް އެމަސައްލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.


60%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް