ads
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އާއެކު މިނިސްޓަރު ސައީދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ފައިނޭންސް އޮތޯރިޓީ ހިންގަން ތަނެއް ހޯދަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ހިންގަން ކުއްޔަށް ދޭނެ އިމާރާތެއް ހޯދަން އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި ރައީސް ޑރ. މުއިއްޒު މި އިދާރާ އުފެއްދެވީ 21 ޖެނުއަރީގަ އެވެ. މި އޮތޯރިޓީ ހިނގަމުން ދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށް ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ ފައިނޭންސް އޮތޯރިޓީ ހިންގަން ތަނެއް ކުއްޔަން ނަގަން ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ކުއްޔަށް ބޭނުން ވަނީ 700 އަކަފޫޓާއި 1،000 އަކަފޫޓުގެ ދެމެދުގެ ޖާގައިގެ ތަނެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. މި ސައިޒްގެ އިމާރާތެއް ކުއްޔަން ދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. 

އެމްއައިއެފްއެސްއޭގެ ޗެއާޕާސަނަކަށް އައްޔަންކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދެވެ. އޭނާގެ އިތުރުން މި ބޯޑަށް އައްޔަންކުރި މެމްބަރުންގެ އަދަދާއި ވަނަވަރު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ބޯޑުގެ މުސާރާއި އެހެނިހެން އިނާޔަތްތަކެއް ހިމެނޭކަން ނުވަތަ ނޫންކަން ވެސް ސަރުކާރަކުން ނުބުނެ އެވެ. 

މި އޮތޯރިިޓީގެ ބޭނުމަކީ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން އާއި އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް