ads
ޔާމީން
ރައީސް ޔާމީން މާދަމާ ކޯޓަށް ހާޒިރުކުރަނީ
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑު އެހުމެއް މާދަމާ މެންދުރު ފަހު އަނެއްކާވެސް ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.

ހައިކޯޓުގައި ޔާމީންގެ މައްސަލަ އޮންނާނީ މާދަމާ ދޭއް ޖަހާއިރުއެވެ. މާދަމާގެ އަޑު އެހުމުގައި ފުރަތަމަ އޮންނާނީ، ދައުލަތުން ޖަވާބުދާރީވުމެވެ.

އެއީ އެންމެ ފަހުން އޮތް ޝަރީއަތުގައި ޔާމީންގެ ފަރާތުން ދެއްކި ވާހަތަކާ ގުޅިގެން ދައުލަތުން ޖަވާބުދާރީވާންށެވެ. މާދަމާ މެންދުރު ފަހަށް އަޑު އެހުމެއް މި ތާވަލު ކުރެވުނީ، މިދިޔަ ހަފްތާއަށް ތާވަލު ކުރި އަޑު އެހުން ދައުލަތުން އެދިގެން ކެންސަލް ކުރުމަށް ފަހުއެވެ.

އެންމެ ފަހުން އޮތް އަޑު އެހުމުގައި ޔާމީން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވި ޝަރީއަތުގައި ޔާމީން ވިދާޅުވީ އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވިއެވެ.

މާދަމާ މެންދުރު ފަހަށް ޔާމީންގެ ޝަރީއަތެއް ތާވަލުކޮށްފައިވާއިރު، ޝަރީއަތަށް ނުފޫޒް ނުފޯރުވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ނިންމައިދެއްވުމަށް، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސްވަކީލް އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވަނީ އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް